ރެންޑަމް ސާމްޕަލަކުން އިމާމަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ޖަމާތުގައި ނަމާދު ކުރުން މަނާ ކުރުމުން، މިސްކިތެއް ބަންދުކޮށްފައި-- ފޮޓޯ/ ސަން

މަގުމަތިން އެކި ސަރަހައްދުތަކުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން، މާލޭ އިބްރާހިމީ މިސްކިތުގެ އިމާމު، ކޮވިޑް-19އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވްވެފައި ވަނީ މާލެ އިބްރާހިމީ މިސްކިތުގެ އިމާމެވެ. އޭނާ ކޮވިޑް19އަށް ޕޮޒިޓިވްވިކަން އެޗްޕީއޭން އެންގިއިރު އޭނާ ހުރީ އަސަރު ނަމާދު ބަންގި ގޮވަން މިސްކިތުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމު ޕޮޒިޓިވްވިކަން އެންގި ހިސާބުން ފެށިގެން އެއްވެސް ތަނަކަށް ނުގޮސް އިމާމު މިސްކިތުގައި މަޑުކުރި ކަމަށެވެ. އިމާމު ޕޮޒިޓިވްވުމާ ގުޅިގެން އިބްރާހިމީ މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published.