ޕޮޒިޓިވްވި ފުރަތަމަ މީހާއާ ކޮންޓެކްޓުވި 9 މީހަކަށް މަނަދޫ އިން ކޮވިޑް ޖެހިއްޖެ

ނ. މަނަދޫ ---

ނ. މަނަދޫ އިން އިތުރު 9 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ހަތާވީސް" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ޓާސްކް ފޯސްގެ އޮފިޝަލަކު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި 9 މީހުންނަކީ ވެސް މީގެކުރިން އެރަށުން ކޮވިޑަށް ޕޮޒިޓިވްވި 80 އަހަރުގެ އަންހެން މީހާއާ ކޮންޓެކްޓުވެފައިވާ މީހުން ކަމަށެވެ. ޕޮޒިޓިވްވި އެންމެންވެސް ތިބީ އެ މީހުންގެ ގޭގައި އެކަހެރި ކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މި މަހުގެ ތިންވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަނަދޫ އިން ފުރަތަމަ ކޮވިޑް އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި އެރަށު ހޮސްޕިޓަލުގައި މަސައްކަތް 15 ސިއްހީ ހިދުމަތްތެރިއަކު އައިސޮލޭޓުވާން އަންގާފައިވާ ކަމަށެވެ.

މަނަދޫ މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެހެން ކަމެއްގައި އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދައްކަން ދިއުމާއި އެކު ކޮވިޑް19 އަށް ޓެސްޓު ކުރުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *