މޫސުން ވަރަށް ބޮޑަށް ގޯސްވެ، އޮރެންޖު އެލާޓު ނެރެފި

ބޯކޮސް ވާރޭ ވެހެނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ އޮރެންޖު އެލާޓު ނެރެފިއެވެ. މިއީ މިފަހުގެ ތާރީހެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

އެލާޓު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. މި އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން މިރޭ 19:00 އާ ހަމައަށެވެ. އޮރެންޖު އެލާޓު ނެރެނީ ވަރަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، ގަދައަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގައެވެ.

މެޓް އޮފީހުން ބުނީ ދެ އަތޮޅަށް 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން މޫސުމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިރޭ 19:00 އާ ހަމައަށް ށ. އަތޮޅުން މ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

ފާއިތުވި ދެ ދުވަހު ދެކުނުގެ ރަށްތަކަށް ވަނީ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *