މީގެފަހުން މާލޭގައި ބާޒާރު ކުރުމަށް ދެން ދެވޭނީ ހަފްތާއަކު އެއްފަހަރު

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

މާލޭގައި ދެން ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދުން ފެށިގެން މާލޭގައި ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކަނޑައެޅިފައިވާ އާ ގަޑިތައް މެސެޖަކުން ލިބޭނެ ކަމަށެވެ. އާ ގަޑިތަކެއް ލިބުނު ނަމަވެސް އަލުން ރެޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

މިއީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާލޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށްފައިވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.