ކުޅުދުއްފުށި ލޮކްޑައުންގެ މުއްދަތު މިމަހުގެ 23ގެ ނިޔަލަށް އިތުރުކޮށްފި

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށި ސިޓީގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ކުޅުދުއްފުށިން ލޮކްޑައުން އިތުރު ކޮށްފައިވީ ނަމަވެސް ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. ހެނދުނު 06:00 އިން ފެށިގެން މެންދުރު ފަހު 15:00 ދޭތެރޭ ހުއްދަ ނުނަގާ ބޭރުގައި އުޅެވޭނެއެވެ. ނަމަވެސް މެންދުރު 15:30 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް ބޭރުގައި އުޅެވޭނީ ހުއްދަ ނަގައިގެންނެވެ.

އެ ސިޓީ ލޮކްޑައުން ކޮށްފައިވީ ނަމަވެސް އެ ސިޓީ އަށް އެކި އަތޮޅުތަކުން މީހުން ޑޮކްޓަރަށް ދެއްކުމަށް އާދެއެވެ. އެހެންކަމުން އެރަށަށް ބަލި އައުމުގެ ފުރުސަތު އޮތް ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ލޮކްޑައުންއާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން ލޮކްޑައުންގެ އުސޫލުތަކާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ކުރުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.