ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓު ހެކް ކޮށްފި

ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ގިނަ ހަރަދުތަކެއް ކުރިއިރު އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު: ފޮޓޯ / ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވީޓާ އެކައުންޓު ހެކް ކޮށްފިއެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓު ހެކް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓު ހެކް ކޮށްފައި މިވަނީ ކޮވިޑް19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް އަމާޒު ކޮށްގެން މިރޭ ފުޅާ ދާއިރާއެއްގައި ސައިބާ އެޓޭކުތަކެއް ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނީ ކޮވިޑް19 އާއި ގުޅިގެން ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ދެމުން ގެންދާ ސައިބާ އެޓޭކުތައް އަންނަނީ ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖުކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނު ކޮށްގެން ކޯޑު ހޯދައިގެން ކަމަށެވެ. އަދި އެ ކޯޑުތައް ހޯދައިގެން ޑޮކްޓަރުންގެ ފޯނުތައް ހެކް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މެސެޖުތައް ފޮނުވަނީ ދަންނަ މީހުންގެ ނަމުގައި ކަމަށެވެ. އެ ކޯޑުތަކަކީ ޑުޕްލިކޭޓު ކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބާ އެޓޭކުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.