އިރު އޮއްސެނިކޮށް ވެހެން ފެށި ވާރޭ ހުއްޓާ ނުލާ ތިނަދޫ ފެންބޮޑު ކޮށްލައިފި

ގދ. ތިނަދޫ އަށް ކުރަމުން އަންނަ ވިއްސާރާގައި ގެއެއްގެ ތެރެއަށް ފެން ވަދެފައި: ފޮޓީޯ / ކިޔުންތެރިއެއް

މިއަދު އިރު އޮއްސެނިކޮށް ގދ. ތިނަދޫ އަށް ވެހެން ފެށި ވާރޭ ހުއްޓާ ނުލާ އެރަށުގެ މަގުތަކާއި ގެތަކުގައި ފެން ބޮޑުވެއްޖެއެވެ.

ރޭވެސް ތިނަދޫ އަށް ވަނީ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެފައެވެ. އަދި މިއަދު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައެއް ނުލައެވެ. އެކަމުގެ ސަބަބުން ގެތަކަށް ވެސް މިހާރު ވަނީ ފެން ވަންނަން ފަށާފައެވެ. މިކަމުގެ އިތުރު މައުލޫމާތު ސާފު ކޮށްލުމަށް "ހަތާވީސް" އިން ތިނަދޫ ކައުންސިލްގެ ރައީސް އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ އިތުރު މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ނަމަވެސް އެރަށު ޕަބްލިކް ވޯކް ސާވިސްގެ މުވައްޒަފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޮޑަށް ފެން ވަންނަމުން އަންނަ ގެތަކުގައި ވެލި ބަސްތާތައް އަންނަނީ ޖަހަމުންނެވެ.

ފާއިތުވި ދެ ދުވަހު ދެކުނުގެ ރަށްތަކަށް އަންނަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނު އައްޑޫ ސިޓީގެ ރަށްތަކަށް ވެހުނު ވާރޭގެ ސަބަބުން އެ ސިޓީގެ ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެންވެސް ވަދެފައެވެ. އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.