ރާއްޖެއިން އިތުރު 14 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން އިތުރު 14 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ރާއްޖެއިން އިތުރު 14 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއިއެކު މިއަދު 27 މީހަކު މިހާތަނަށް މިވަނީ ޕޮޒިޓިވްވެފައެވެ.

ނަމަވެސް ފަހުން ޕޮޒިޓިވްވި މީހުންގެ ތަފްސީލެއް ނޭނގެއެވެ. އަލަށް ޕޮޒިޓިވްވި 14 މީހުންނާއި އެކު މުޅި ރާއްޖެއިން އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 982 އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް ކޮވިޑް19 ޖެހިގެން ރާއްޖެއިން ވަނީ ހަތަރު މީހަކު މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *