ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ މަރުވުމުން ރައީސްގެ ތައުޒިޔާ

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ -- ފޮޓޯ / ސަން

ރޭ ރާއްޖެއިން ކޮވިޑް19 ޖެހިގެން މަޝްހޫރު ވިޔަފާރިވެރިިވާ [އެމްއެޗްއޭ ފިހާރައިގެ ވެރިޔާ] ހުސައިން އަބްދުﷲ މަރުވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން އަބްދުﷲ އަކީ މުޖުތަމައު އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ރައީސް ސޯލިހު ވަނީ ދުއާ ކުރައްވާފައެވެ.

ހުސައިން އަބްދުﷲ މަރުވީ ރޭ 23:15 ހާއިރުއެވެ. މަރުވިއިރު އުމުރަކީ 88 އަހަރެވެ. ހުސައިން އަބްދުﷲ ރޭ މަރުވިއިރު މިދިޔަ މަހުގެ 29ވަނަ ދުވަހު ކޮވިޑް19 ގެ ސަބަބުން އޭނާގެ އަނބިކަނބަލުން ވެސް ވަނީ މަރުވެފައެވެ.

ދައުލަތުން 2011ވަނަ ވަނީ ހުސައިން އަބްދުﷲ އަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ވެރިޔާގެ ލަގަބުވެސް އަރުވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިގެން މިވަނީ ހަތަރު މީހަކު މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.