ބޯކޮށް ވާރޭވެހި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

އައްޑޫ ސިޓީ ހިތަދޫގެ މަގެއް މަތި -- ފޮޓޯ / އައްޑޫލައިވް

އައްޑޫ ސިޓީއަށް ރެއިން ފެށިގެން އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މި ވިއްސާރާފައި އެ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންތަކެއްވެއްޖެއެވެ.

އެގޮތުން ބައެއް ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗައް ވަނީ ގެއްލުންވެފައެވެ. ފެން ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވނަި އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ގެތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރައްވައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ލ އަތޮޅުން ފެށިގެން އައްޑޫއަށް ރީނދޫ ސަމާލު ނެރެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.