އިތުރު 14 ދުވަހަށް މާލެ ސަރަހައްދުގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

މާލެ ސަރަހައްދަށް ނެރެފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފިއެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމާފައެވެ. އެގޮތުން އެކަމަނާ ވަނީ މި ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރާ ކަމަށް އަންގާވައެވެ.

ލޮކްޑައުން އަމުރުގެ ދަށުން ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބަހާއި ފެރީ ގެ ހިދުމަތް ހުއްޓައިލުމަށާއި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ވެސް މި މުއްދަތުގައި މަނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ހާލަތު އިސްތިސްނާވާ ފަރާތްތައް:

* ސިފައިންނާއި ފުލުހުން

* ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އެމްބިއުލެންސް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

 

Leave a Reply

Your email address will not be published. Required fields are marked *