ރާއްޖެއިން ހަތަރުވަނަ މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރުވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި އެޑްމިޓު ކޮށްފައިވާ 88 އަހަރުގެ އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. މި މީހާއަކީ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި މަރުވި މީހާއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އެވެ.

މީގެކުރިން ރާއްޖެއިން ވަނީ ތިން މީހަކު މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 80 އަހަރުގެ ފިރިހެނަކެވެ. އަދި ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކުވެސް ވަނީ މަރުވެފައެވެ.

ރާއްޖެއިން މިއަދު އެކަނިވެސް 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު މުޅި ޖުމްލަ 955 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *