ހުޅުމާލެ ޖަލުން މަރުވި ގައިދީ ކޮވިޑަށް ނެގެޓިވް

ރާއްޖޭގެ ޖަލެއްގެ ތެރޭގައި ގައިދީންތަކެއް ---

ރޭ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރޭ މަރުވި މީހާ ކޮވިޑް19 އަށް ނެގެޓިވްވެއްޖެއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 92 އަހަރުގެ ގައިދީއަކު ރޭ މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވީ ބަލިވެ އުޅުމަށްފަހު ކަމަށްވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބަލިވެ އުޅުނީ ކޮން ކަމަކާއި ގުޅިގެން ކަމަށް ބުނެފައެއް ނުވެއެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "ހަތާވީސް" އަށް މިރޭ ވިދާޅުވީ އެމީހާ ކޮވިޑަށް ޓެސްޓު ކުރުމުން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ.

އެމީހާ މަރުވުމުން އޮންނަ އުސޫލުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ފުލުހުންނަށް އަންގާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *