ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ތިން މީހަކު ގެއްލިގެން ހޯދަނީ

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ހަތް މީހަކަށް ގުޅޭނެ ގޮތެއް ނެތިގެން އެ މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އޭގެތެރެއިން ހަތަރު މީހަކު ފުލުހުން ހޯދާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ބާކީ ނުފެނި ތިބީ ތިން މީހުން ކަމަށްވާއިރު އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު އާއްމު ކުރާނެއެވެ.

ދާދިފަހުން އައްޑޫ ސިޓީ ހެރެތެރެ ކަރަންޓީން ފެސިލިޓީއަކުން ފަސް ދިވެއްސަކު ވެސް ވަނީ ފިލާފައެވެ. ފަހުން އެމީހުން ފުލުހުން ވަނީ ހޯދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *