މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމަކީ 100 ދުވަހުގެ އިމްތިހާނެއް ކަމަށާއި މި އިމްތިހާނުގައި ވެރިން ހިންގުންތެރިކަން ހުރިވަރު ފެނިގެންދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގައި މަސައްކަތް ކުރައްވަމުން އަންނަ އުގައިލް ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރޭގައި ވެރިންގެ ހިންގުންތެރިކަމާއި އިހްލާސްތެރިކަން އިމްތިހާނު ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން އަޅުގަނޑުމެންގެ އަގީދާ އާއި ސިއްހީ ކަންކަމާއި އިގްތިސާދީ އަދި އިޖުތިމާއީ ކަންކަން އިމްތިހާނު ކުރެވިގެންދާނެ ކަމަށެވެ.
“އަޅުގަނޑުގެ ދިރާސާއިން ފެންނަނީ މިއީ 100 ދުވަހުގެ އިމްތިހާނެކޭ. މި އިމްތިހާނުން އަޅުގަނޑުމެންގެ އަގީދާ، އަޅުގަނޑުމެންގެ ސިއްހީ ކަންކަން، އަޅުގަނޑުމެންގެ އިގްތިސާދީ ކަންކަން، އިޖުތިމާއީ ކަންތައްތައް، އަޅުގަނޑުމެންގެ ވެރިންގެ ހިންގުންތެރިކަމާއި ވެރިންގެ އިހްލާސްތެރިކަމާއި މި ހުރިހާ އެއްޗެހީގެ އިމްތިހާނެކޭ މިއީ،” ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އުގައިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އިމްތިހާނަށް ބޭނުންވަނީ ކެތްތެރިކަން ކަމަށާއި ކެތްތެރިކަމާއެކު އިމްތިހާނުން ފާސްވާން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
“މި އިމްތިހާނުގައި ކުޑަކުޑަ ކެތްތެރިކަމެއް މި ބޭނުންވަނީ. ކެތްތެރިކަމާއެކު މި އިމްތިހާނުން ފާސްވާން މަސައްކަތް ކުރަންވީ،”