ކަރަންޓީން ފެސިލިޓީއެއް ބެލެހެއްޓުން ފުރަތަމަ ފަހަރަށް އަންހެނަކަށް

ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރަކަށް ހަމަޖެއްސި ކެޕްޓަން ހަނާ --

ކަރަންޓީން ފެސިލިޓީއެއް ބެލެހެއްޓުން ފުރަތަމަ ފަހަރަށް އަންހެނަކަށް ހަވާލުކޮށްފިއެވެ.

ކަރަންޓީން ފެސިލިޓީތައް ބަލަހައްޓަނީ ސިފައިންގެ ފަރާތުންނެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރަކަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

ފުށިފަރު ކަރަންޓީން ފެސިލިޓީއަކަށް އަންހެން ސިފައިންގެ ބޭކަނބަލެއް ހަމަޖައްސާފައިވާއިރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީ ބެލެހެއްޓުމަށް ހަވާލު ކޮށްފައިވާ އެމްއެންޑީއެފްގެ ބޭފުޅަކާއި އެރަށުގައި ހުރި އަންހެން ޑޮކްޓަރަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އަދި ފުލުހުން ވަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކާއި އެކުގައި މިހާރުވެސް މުޅި ޖުމްލަ 641 ކަރަންޓީން ފެސިލިޓީ ވަނީ ގާއިމް ކޮށްފައެވެ. މިތާނަށް 16 ރިސޯޓެއްގައި ކަރަންޓީނަށް މީހުން ބައިތިއްބައެވެ.

Leave a Reply

Your email address will not be published. Required fields are marked *