ކުލި ނުދެއްކޭ މީހުންނަށް ލުއި ގޮތްތަކެއް ހޯދުމަށް މަޖިލީހުން ފާސްކޮށްފި

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ކޮވިޑް19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށް ކުއްޔަށް ދިރިއުޅޭ ތަންތަނުގެ ކުލި ދެއްކޭނެ ގޮތް ނެތް މީހުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުލި ނުދެއްކޭ މީހުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ.

ކޮވިޑް19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލަ މަޖިލީހުގެ ހުރިހާ ކޮމެޓީ އަކުންވެސް ވަނީ ދިރާސާ ކޮށްފައެވެ. އަދި މަޖިލީހުން ނިންމާފައިވަނީ މެންބަރުންގެ ހުށަހެޅުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށް ކުއްޔަށް ދިރިއުޅޭ ތަންތަނުގެ ކުލި ދެއްކޭނެ ގޮތް ނެތް މީހުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ހުށަހަޅާފައި ވަނީ އިޖުތިމާއީ ކޮމެޓީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.