ކަންކަން ކުރުމުގެ ދައްޗެއް ނެތް، ފައިސާ އެބަހުރި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

ކޮވިޑް19 ގެ ސަބަބުން ދައުލަތުން ބޭނުންވާ ކަންކަން ކުރުމަށް އެއްޗެއް ދައްޗެއް ކުރިމަތިވެފައި ނުވާ ކަމަށާއި ކަންކަން ކުރުމަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި “ކޮވިޑް19 އަށް އެހީތެރިވުމުގެ ބިލު” މަޖިލީހުން ބަލައިނުގަތުމަށް ނިންމާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާ އެބަހުރި ކަމަށެވެ. ސައީދު ހުށަހަޅުއްވާފައިވާ ބިލުގައި އޮތް ގޮތަށް ޕެންޝަން ފަންޑުގައި ޖެހޭކަށް ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އެ ވިދާޅުވާ ހުރިހާ ކަންތަކެއް ކުރުމަށް ދައުލަތުގެ ފައިސާ އެބަހުރި. އަދި ސަރުކާރުގެ ފައިސާ އެބަހުރި. އިއްޒަތްތެރި މެމްބަރަށްވެސް އެނގިވަޑައިގަންނަވާނެ އެ ފައިސާ އެބަހުރިކަން. އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި،” ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ސަރުކާރަށް ބޭރުން ލިބޭ އެހީތެރިކަމާއެކު ކަންކަން ކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކޮށްގެން އެ ފައިސާއިން ހަރަދު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން އެއްބަސްވުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.