ގަވާއިދު އޮތް ގޮތުން ކަމަށް ވިދާޅުވެ ސައީދު ހުށަހެޅުއްވި ބިލު މިއަދުވެސް ބަލައެއްނުގަތް

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ކަމަށް ވިދާޅުވެ ޕެންޝަން ފައިސާގެ ތިންބައި ކުޅަ އެއްބައި ރައްޔިތުންނަށް ލިބިދޭ ގޮތަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ބިލު މިއަދުވެސް ބަލައެއް ނުގަތެވެ.

ރައްޔިތުން މަޖިލީހަށް ސައީދު މި ބިލު ހުށަހެޅުއްވި މިއީ ދެވަނަ ފަހަރެވެ. އެ ބިލް ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ނުދިނީ ދައުލަދުގެ ޚަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށް ނަޝީދު ވަނީ ސައީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ފައިސާ ދޫކުރާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާއިގެން ކޮންމެ އިންސްޓޯލްމަންޓެއް ވެސް 30 ދުވަހަށްވުރެ ގިނަދުވަސް ނުވާނޭ ގޮތުގެ މަތިން ކަމަށެވެ.

އެ ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކޮށް ގާނޫނަކަށްވާ ހިސާބުން ފަށާދުވަހުން ފެށިގެން ގިނަވެގެން 14 ދުވަސް ތެރޭގައި ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ދޫކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ޕެންޝަން ސްކީމުގެ ފައިސާ ދުކުރާނީ އެފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ. އެކައުންޓެއް ނެތް ފަރާތެއް ނަމަ ފައިސާ ދޫކުރާނީ އެފަރާތަކުން ލިޔުމުން ކަނޑައަޅާ ފަރާތެއްގެ އެކައުންޓަށް ނުވަތަ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ޗެކަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލު ހުށަހެޅުއްވުމަށްފަހު ސައީދު ވަނީ ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ޕާޓީއާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، މިނިވަން އިންސާފުވެރި އުސޫލުން އެ ބިލު ބައްލަވައިގަންނަވާ ވީހާވެސް އަވަހަށް އެޖެންޑާކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ސައީދުގެ ސިޓީއަށް ޖަވާބު ދެއްވާ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ގަވާއިދު އޮތް ގޮތުން އެ ބިލަކީ ސައީދަށް ހުށަހެޅުއްވޭނެ ބިލެއް ނޫން ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.