ހުކުމް ތަންފީޒު ކުރަމުން ދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

ރާއްޖޭގެ ޖަލެއްގެ ތެރޭގައި ގައިދީންތަކެއް ---

ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީޔަކު ރޭ މަރުވެއްޖެއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 92 އަހަރުގެ ގައިދީއަކު ރޭ މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވީ ބަލިވެ އުޅުމަށްފަހު ކަމަށްވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބަލިވެ އުޅުނީ ކޮން ކަމަކާއި ގުޅިގެން ކަމަށް ބުނެފައެއް ނުވެއެވެ.

އެމީހާ މަރުވުމުން އޮންނަ އުސޫލުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ފުލުހުންނަށް އަންގާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތުރެމުން އަންނަ ދުވަސްވަރެކެވެ. އަދި ދާދިފަހުން މާފުށި ޖަލުގައި ކޮވިޑް19 އޮތް މިންވަރު ދެނެގަތުމަށްޓަކައި ވަނީ ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގާފައެވެ. އޭގެތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ސާމްޕަލްތައް ނެގެޓިވްއެވެ.

ރޭ ހުޅުމާލެ ޖަލުގައި މަރުވި މީހާ ކޮވިޑް19 އަށް ޓެސްޓު ކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *