ވެލިދޫ ޖިންސީ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި

ވެލިދޫ ކަރަންޓީން ފެސިލީޓީގައި ގާއިމްކޮށްފައިވާ ކޮޓަރިއެއް --

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އއ. ވެލިދޫގައި މަސައްކަތް ކުރާ ދެ މީހަކާ މެދު ޝަކުވާއެއް ހުށަހެޅުމުން، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބަލަން ފެށި މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ވެލިދޫގައި ހުރި އަންހެން ޑޮކްޓަރު އެރަށް ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ފަރާތުން ހަވާލު ކޮށްފައިވާ ކޮމާންޑަރުގެ ކޮޓަރިއަށް ވަތް މައްސަލައެއް ފަޅާ އަރާފައިވަނިކޮށެވެ.

“ހަތާވީސް”އަށް އެނގިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަންހެން ޑޮކްޓަރު ވަނީ ކޮމާންޑަރަށް އެ ރަށުގައި ވަކިން ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަދެފައެވެ. އަދި އެ ޑޮކްޓަރު އެ ކޮޓަރިން ނުކުންނަ މަންޒަރު ރަށުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ފުލުހުންނަށް ވަނީ ފެނިފައެވެ.

ކޮމާންޑަރު ކޮޓަރިއަށް ވަތް އަންހެން ޑޮކްޓަރަކީ ދިވެއްސެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. މި ދެ މީހުންނަކީ ވެސް ކައިވެނި ކޮށްގެން އުޅޭ ދެ މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.