މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސަރުކާރުން ހަރަދު ދިނުމަށް ހުށަހެޅި އިސްލާހު ފާހެއް ނުވި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލި އަމިއްލަ ރަށަށް ދެވޭނެ ގޮތެއް ނެތި މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސަރުކާރުން ހަރަދު ދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ފާހެއް ނުވިއެވެ.

ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓަށް ޝިޔާމް ވަނީ ދެ އިސްލާހެއް ހުށަހަޅާފައެވެ.

އޭގެތެރެއިން އެއް އިސްލާހަކީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސް އެއް ދިނުމަށް ހުށަހެޅި އިސްލާހެވެ. ދެވަނަ އިސްލާހަކީ މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސަރުކާރުން ހަރަދު ދިނުމަށް ހުށަހެޅި އިސްލާހެވެ. އެހެންނަމަވެސް މި ދެ އިސްލާހު ވެސް މިއަދު އޮތް މަޖިލިސް ޖަލްސާގައި ފާހެއް ނުވިއެވެ. ނަމަވެސް ފްރަންޓުލައިންގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް އެއް ދިނުމަށް ވަނީ ނިންމާފައެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެ، އެމީހާގެ ދަރިއެއް ހުރެ އެ ދަރި ބަލާނެ މީހަކު ނެތް ނަމަ އެ ކުއްޖަކަށް ހިމާޔަތާއި ރައްކާތެރިކަން ދޭންވާނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *