ރައީސް ސޯލިހުގެ ޝުކުރު ބޮޑުވަޒީރު މޯދީ އަދި އިންޑިއާގެ ރައްޔިތުންނަށް

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 އިން އަރައިގަތުމަށްޓަކައި އަވަށްޓެރި އިންޑިއާއިން ކޮށްދެމުން ގެންދާ ކަންތައްތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޝުކުރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާގެ ރައްޔިތުންނަށް އަރިސް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އިންޑިއާއިން ކޮށްދިން ކަންކަމުން އެގައުމަކީ ރާއްޖޭގެ ހަގީގީ އެކުވެރި ގައުމެއްކަން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ. އިންޑިއާއިން ރާއްޖެ އަށް ފޯރުކޮށްދީފައިވާ ކާބޯތަކެއްޗަކީ މި ދަނޑިވަޅުގައި ރާއްޖެއަށް ނުހަނު ބޭނުންތެރި އެއްޗެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ސިފަ ކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެގައުމުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ  ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ވަމުންދާ އެހީގެ ތެރެއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރުމަށް ނިންމާފައި ވަނިކޮށެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ.

200 ޓަނުގެ ހަނޑޫ

140 ޓަނުގެ ގޮދަން ފުށް

90 ޓަނުގެ ހަކުރު

120 ޓަނުގެ ރީނދޫ މުގު

26 ޓަނުގެ ފިޔާ

14 ޓަނުގެ އަލުވި

މި ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ ‘އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް’ (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް ގެނެސްދިނުމާއި ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި އިލްމު ހިއްސާކުރުން ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.