ކޮވިޑް ސެންޓަރަކާ ހަވާލުވެ ހުރި ކޮމާންޑަރުގެ ކޮޓަރިއަށް އަންހެން ޑޮކްޓަރަކު ވަތް މައްސަލައެއް ފަޅާއަރައިފި

ވެލިދޫ ކަރަންޓީން ފެސިލީޓީގައި ގާއިމްކޮށްފައިވާ ކޮޓަރިއެއް --

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އއ. ވެލިދޫގައި ހުރި އަންހެން ޑޮކްޓަރު އެރަށް ބެލެހެއްޓުމަށް އެމްއެންޑީއެފްފެ ފަރާތުން ހަވާލު ކޮށްފައިވާ ކޮމާންޑަރުގެ ކޮޓަރިއަށް ވަތް މައްސަލައެއް ފަޅާ އަރައިފިއެވެ.

"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އަންހެން ޑޮކްޓަރު ވަނީ ކޮމާންޑަރަށް ވަކިން ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަދެފައެވެ. އަދި އެ ޑޮކްޓަރު އެ ކޮޓަރިން ނިކުންނަ މަންޒަރު ރަށުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ފުލުހުންނަށް ވަނީ ފެނިފައެވެ. އަދިި އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުވެސް ކުރަމުންނެވެ.

ކޮމާންޑަރު ކޮޓަރިއަށް ވަތް އަންހެން ޑޮކްޓަރަކީ ދިވެއްސެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. މި ދެ މީހުންނަކީ ވެސް ކައިވެނި ކޮށްގެން އުޅޭ ދެމީހުންނެވެ. މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކާއި އެކުގައި މިހާރުވެސް މުޅި ޖުމްލަ 641 ކަރަންޓީން ފެސިލިޓީ ވަނީ ގާއިމް ކޮށްފައެވެ. މިތާނަށް 16 ރިސޯޓެއްގައި ކަރަންޓީނަށް މީހުން ބައިތިއްބައެވެ. މިވަގުތު ކަރަންޓީން ފެސިލީޓީތަކުގައި 1،700 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ކަރަންޓީން ފެސިލިޓީތައް ހިންގަމުން އަންނަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.