މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީ ---

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 5.4 ބިލިއަންގެ ތެރެއިން 84 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. އަދި ބާކީ 16 ޕަސެންޓަކީ ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނު އާމްދަނީ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 4.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކުހުގެ ގޮތުގައި 6.13 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 819.2 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކްސް ނޫން ގޮތް ގޮތުން 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 22.3 މިލިއަން ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ވަނީ 452.8 މިލިއަން ރުފިޔާ ލިބިފައެވެ.

ދައުލަތަށް މިހާ ބޮޑުތަނުން އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *