ޓެކްސީއެއްގެ ތެރެއިން 19 ފުޅި ބަނގުރާފުޅި އަތުލައިގެންފި

މީގެކުރިން ފުލުހުން އަތުލައިގެން ބަނގުރާފުޅިތަކެއް: ފޮޓޯ / ޕޮލިސް

ޓެކްސީއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ 20:12 އެހާކަށްހާއިރު ލޮނުޒިޔާރަތް މަގުން ޓެކްސީއެއް ހުއްޓުވާ އޭގެތެރެއިން 19 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ޓެކްސީ ދުއްވަން އިން ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.