މާފުށި ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލް ނެގެޓިވް

މާފުށި ޖަލުގައި މީގެކުރިން ގައިދީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަން

ޖަލުތަކުގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މާފުށީ ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުން ނަގާފައި ވަނީ 38 ސާމްޕަލް ކަމަށެވެ. އަދި އޭގެތެރެއިން 22 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު އެ ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއްވެސް ޕޮޒިޓިވް މީހަކާއި ބައްދަލުނުވާ ގިނަ އަދަދެއްގެ މީހުންވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެއީ ބިރުވެރިކަމެއްގެ ގޮތުގައި ސިއްހީ މާހިރުން އަންނަނީ ލަފާ ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 862 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 30 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ތިން މީހަކު ވަނީ މަރުވެސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *