ބޯޑަރު ހުޅުވާނީ ރައްޔިތުންނަށްޓަކައި: އަލީ ވަހީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއ- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ ވިޔަފާރިވެރިއަކަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ހުޅުވާލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލް ވުމުން ކަމަށެވެ. އަދި ޓޫރިޒަލް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސް ކުރާނެ ދާއިރާތައް ރޭވިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ ރާއްޖޭގެ ރައްޔިތުންގެ މައިގަސް ކަމަށެވެ. އެ ގަހުގައި އަޅާ މޭވާ ރާއްޖޭގެ އިގްތިސޯދުގެ ހުރިހާ ދިމާލަކަށް ގުޅިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އެހެންވީމަ ބޯޑަރު ހުޅުވާލާ ދުވަހަކު ހުޅުވާލާނީ ވިޔަފާރިވެރިއަކަށްޓަކައެއް ނޫން، ބޯޑަރު ހުޅުވަންޔާ ހުޅުވާލާނީ އާއްމު ރައްޔިތުންނަށްޓަކައި،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، އާއްމު ރައްޔިތުންގެ ވަޒީފާތަކާއި، އެ މީހުންގެ އާއްމު ދިރިއުޅުމާއި، އިޖްތިމާއީ ގޮތުން ހުރި މައްސަލަތަކުގެ ހައްލަކީ ފަތުރުވެރިކަން ކަމަށެވެ. އޭނާ ވިދާޅުވީ މާތްﷲ ގެ އިރާދަފުޅާއި އެކުގައި އެ ދުވަސްތައް ދިވެހިންނަށް އަލުން ހޯދޭނެ ކަމަށެވެ. އަދި އެ ދުވަސް ދިވެހިންނަށް ހޯދުމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ މިހާރު ރާއްޖެ މިވަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މި ބަލީގައި ވަން އެންމެ ނުރައްކާތެރި އަދި އުނދަގޫ ހާލަތަށް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ މި ހާލަތު މެނޭޖު ކުރުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން އީޒް ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް ޕޮސިބުލް ކަމެއް،” އަލީ ވަހީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *