ހިދުމަތާއި ދުރުގައި ތިބި ނަރުހުން މަސައްކަތަށް ނިކުތުމަށް އެދިއްޖެ

2017ވަނަ އަހަރު ބޭއްވި ނަރުހުންގެ ދުވަހުގެ ހަލްފާއެއްގެ ތެރެއިން: ފޮޓޯ / ސަން

މިވަގުތު ތަފާތު އެކި ސަބަބުތަކާއި ހެދި ހިދުމަތާއި ދުރުގައި ތިބި ނަރުހުން މަސައްކަތަށް ނިކުމެ ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރުވުމަށް އެދިއްޖެއެވެ.

ދިވެހި ނަރުހުންގެ ޖަމިއްޔާއިން ބުނީ ނަރުހުންގެ އެހީތެރިކަން މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ނަރުހުން ވެސް މަސައްކަތަށް ނިކުމެ ފްރަންޓަލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.

މި މަސައްކަތުގައި އެހީތެރިވެދޭން ބޭނުންވާ ނަރުހުން، 7787317 ނުވަތަ 7791131 އަށް ގުޅައިގެން މައުލޫމާތު އޮޅުންފިލުވަން ނަރުހުންގެ ޖަމިއްޔާ އިން ވަނީ އެދިފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެއިން މިބަލި އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާރުވެސް މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ސަރުކާރުން ވެސް އަދި ހުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނިކުންނެވުމަށް ގޮވާލައިފައެވެ. އަދި މިއީ އެބޭފުޅުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ދުވަސްވަރު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *