އިތުރު މީހަކު ބަލިން ރަނގަޅުވެ ޖުމްލަ އަދަދު 30 އަށް އަރައިފި

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން ރަނގަޅުވެފައިވަނީ ކޭސް 86 ކަމަށެވެ. އެއީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއާއެކު ރާއްޖެއިން މި ބަލިން ޕޮޒިޓިވްވި މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 17 ދިވެހިންނާއި، 13 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 835 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 279 ދިވެހިންނާއި 556 ބިދޭސީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *