ޕޮޒިޓިވްވި މީހާ ނެގެޓްވުމާއެކު އައްޑޫ ލޮކްޑައުން އުވާލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ/ ސަން

އައްޑޫއިން ކޮވިޑ19އަށް ޕޮޒިޓިވްވި މީހާ ނެގެޓްވުމާ ގުޅިގެން 14 ދުވަހަށް އެ ސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުން 24 ގަޑިއެއްހާއިރު ފަހުން އުވާލައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫގެ ލޮކްޑައުން އުވައިލީ ކަރަންޓީނުގެ މުއްދަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށާއި ކަރަންޓީނާ އެކު އަޅާފައިވާ ފިޔަވަޅުތައް ވެސް އުފާފައިވާ ކަމަށެވެ.

އައްޑޫއިން އިތުރުފަރުވާއަށް މާލެ ގެނައި މީހަކު ޕޮޒިޓިވްވި ކަމަށް ބުނެފައި ވަނީ އިއްޔެ ހެނދުނުއެވެ. ހިތުގެ މައްސަލައެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައި މީހާގެ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް އިއުލާން ކުރީ ރޭ ދަންވަރުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.