ސަޕްލަޔަރުންގެ އޯޑަރުތައް މެނޭޖު ކުރަން ފަސޭހަ ޕްލެޓްފޯމަކަށް ސަޕްލައި ޑޮޓް އެމްވީ!

ސަޕްލައި ޑޮޓް އެމްވީ ވެބްސައިޓު ---

ކޮވިޑް19 ރާއްޖޭގައި ފެތުރިފައިވާ މި ނުރައްކާތެރި ދަނޑިވަޅު މުދާ ގަތުމާއި މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ އެންމެ ރައްކާތެރި ގޮތެއް ވެސް ނޫނެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ސަޕްލަޔަރުންގެ އޯޑަރުތައް މެނޭޖު ކުރުމަށް ވެސް އެންމެ ފަސޭހަވެގެން ދާނީ އޮންލައިންކޮށް މިކަންކަން އިތުބާރާއި ޔަގީންކަމާއި އެކުގައި ކޮށްދޭނެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ. އެގޮތުން މިފަދަ ކަންކަމަށް އެންމެ ފަސޭހަ އަދި ގިނަބަޔަކު އިތުބާރު ކުރާ އޮންލައިން ޕްލެޓުފޯމަކީ ސަޕްލައި ޑޮޓް އެމްވީއެވެ.

ސަޕްލައި ޑޮޓް އެމްވީ އަކީ ފާއިތުވި ތިން އަހަރު ކުދި ވިޔަފާރިތަކާއި ސަޕްލަޔަރުން ޑިޖިޓަލްކޮށް ގުޅުވާލަދިން ފަރާތެކެވެ. ރާއްޖޭގައި އެކި ބާވަތްތަކުގެ މުދާ ހޯލްސޭލްކޮށް ވިއްކާ 80 އަށް ވުރެގިނަ ސަޕްލަޔަރުންގެ 3300 އަށް ވުރެގިނަ ޕްރޮޑަކްޓް އެއްތާކުން ފެންނާނެ އިންތިޒާމް ހަމަޖެހިފައިވާ ރާއްޖޭގެ، މިފަދަ އޮންލައިން އެންމެ ބޮޑު ޕްލެޓްފޯމްގެ ބޭނުން މުދާ ވިއްކާ ފަރާތްތަކާއި މުދާ ބައްލަވައިގަންނަވާ ފަރާތްތަކުން އެންމެ ރައްކާތެރިކަމާއިއެކު ހިފުމަށް މި ދަނޑިވަޅަކީ އެކަށީގެންވާ ރަނގަޅު ދަނޑިވަޅެކެވެ.

ސަޕްލައި ޑޮޓް އެމްވީ އިން ފޯރުކޮށްދޭ ހިދުމަތްތައް:

* ގަނޑުކޮށް މުދާ ބައްލަވައިގަންނަވާ ފަރާތްތައް ހާއްސަކޮށް ރަށްރަށުގައި ހުރި ކުދި ވިޔަފާރިތަކަށް މުދަލުގެ އަގުތަށް އަޅާކިއުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުން

* އޮންލައިންކޮށް ބައްލަވައިގަންނަވާ މުދާ ބޯޓުތަކާއި ފިހާރަތަކާ ހަމައަށް ގެންގޮސްދިނުން.

* ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް އިތުރު މެދުވެރިއަކާއި ނުލާ ދަނޑުވެރިޔާ ސީދާ، ގަންނަން ބޭނުންވާ ފަރާތާއި ގުޅުވާލަދިނުން.

* ދަނޑުވެރިންގެ ޕްރޮޑަކްޓްތައް އަޅުގަނޑުމެންގެ ޕްލެޓްފޯމްގައި ހިލޭ އިޝްތިހާރު ކުރުން.

ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ މި ޕްލެޓްފޯމަކީ އެބޭފުޅުންގެ އޯޑަރތައް މެނޭޖްކުރުމަށް ފަސޭހަ ހިދުމަތެއް. [މީގެ ސަބަބުން އޮންލައިންކޮށް ނަގާ އޯޑަރތައް މެނޭޖްކުރުމަށް ސަޕްލަޔަރަށާއި ކަސްޓަމަރަށް އެތައް ގޮތަކުން ފަސޭހަވާނެ]

އެހެންކަމުން މިހާރު ގޭގައި ތިއްބަވައިގެން އޯޑަރު ދެއްވާ ފަރާތްތަކުން ވައިބާ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރެއްވުމުގެ ބަދަލުގައި https://supply.mv/ މި ފަސޭހަ ހިދުމަތް މިދަނދިވަޅުގައި މުޅިން ހިލޭ ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އާއްމު ރައްޔިތުންގެ ކިބައިންނާއި ވިޔަފާރިވެރިންގެ ކިބައިން އެދިފައެވެ.

"ސަޕްލައި ޑޮޓް އެމްވީން އަޅުގަނޑުމެން ދަނޑުވެރިންނަށް މި ހުޅުވާލަދިން ހިދުމަތަކީ މި ދަނޑިވަޅުގައި ފާހަގަކޮށްލެވޭ ހިދުމަތެއް. މި ހިދުމަތުގެ އެހީގައި މުޅި ރާއްޖޭގައި މަސައްކަތްކުރާ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި މާކެޓް ކުރުމަށް މުޅިން ހިލޭ މި ފޯރުކޮށްދޭ ހިދުމަތް ފާހަގަކޮށްލަން. އަދި ސަޕްލަޔަރުންގެ އޮންލައިން އޯޑަރތައް އަލުގަނޑުމެން މެދުވެރިކޮށް މެނޭޖްކުސރަން ފެށުމުން މަސައްކަތް ފަސޭހަވެ އަވަސް ވާނޭކަމާއިމެދު އެއްވެސް ޝައްކެއްނެތް." ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ވަލީދް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *