ވެމްކޯ ކޯލް ސެންޓަރު މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ވެމްކޯގެ މުވައްޒަފަކު މަގުމަތީގައި: ފޮޓޯ / ވެމްކޯ

ކޮވިޑް19 އަށް ވެމްކޯގެ މުވައްޒަފަކުވެސް ޕޮޒިޓިވްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވިދާޅުވީ ޕޮޒިޓިވްވީ ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެ މުވައްޒަފު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު އެ ކުންފުނީގެ ހެޑް އޮފީސް ވެސް ޑިސް އިންފެކްޓު ކުރުމަށް މަސައްކަތް ވަނީ ފަށާފައެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ ޕޮޒިޓިވްވި މުވައްޒަފާއި ކޮންޓެކްޓުވި ނުވަތަ ބައްދަލުވި އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތެވެ. އެކުންފުނިން ވަނީ ކޯލް ސެންޓަރުގެ ހުރިހާ މުވައްޒަފުން ޓެސްޓު ކުރުމަށް ނިންމާފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 96 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އެއާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 744 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *