އައްޑޫ އިން މާލެ ގެނައި ބަލި މީހަކު ކޮވިޑް ޖެހި އައްޑޫ މޮނީޓަރިންގެ ހާލަތަށް

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ އިން މާލެ ގެންދިޔަ ބަލި މީހަކު ކޮވިޑް19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އައްޑޫ ސިޓީ ޓާސްކް ފޯސް އޮފިޝަލު "ހަތާވީސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ ޕޮޒިޓިވްވުމުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާ އަކީ އައްޑޫ ސިޓީ މަރަދޫ ފޭދޫ އަށް ނިސްބަތްވާ މީހެކެވެ. އެކަމަކު އޭނާ ދިރިއުޅެނޫ ހިތަދޫގައި ކަމަށްވެއެވެ. އޭނާ އަކީ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ.

މިއީ އައްޑޫ ސިޓީން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެކުރިން އައްޑޫ ސިޓީން ވަނީ އެތައް ބައެއްގެ ސާމްޕަލް ނަގާފައެވެ. ނަމަވެސް އެ ހުރިހާ ސާމްޕަލް އެއް ވަނީ ނެގެޓިވެފައެވެ.

އިއްޔެ އެކަނިވެސް 96 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. އަދި މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އަދަދު މިހާރު ވަނީ 744 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *