ޝަހީމްގެ ދަރުސް "ލައިލަތުލް ގަދްރި ވިލޭރޭ މާދަމާ ހަވީރު

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ- އައިޔޫއެމް

"ލައިލަތުލް ގަދްރި ވިލޭރޭ" މި މައުޟޫގެ ދަށުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާދަމާ ހަވީރު ދަރުސް އެއް ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނު އަންނަނީ މި ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް ސޯޝަލް ފޭސްބުކް މެދުވެރިކޮށް ދަރުސް ދެއްވަމުންނެވެ. މި ދަރުސް އޮންނާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 17:30 ގައެވެ. ޑރ. ޝަހީމްގެ މި ދަރުސް މާދަމާ ހަވީރު "ހަތާވީސް އޮންލައިން"ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޑރ. ޝަހީމް ދަރުސް ދެއްވާ ބައެއް މައުޟޫތަކުގެ ތެރޭގައި، އިސްލާމީ އިޖްތިމާއީ ނިޒާމާއި މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ހައްލުތަކާއި އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިގުހުވެރިންނާއި ސައިންސްވެރިންގެ އިތުރުން އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ އަލީގައި އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ގައުމެއް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ތައުހީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ހަޟާރަތު ބިނާކުރުމާއި ބެހޭގޮތުންނާއި، ކީރިތި ގުރުއާނާއި ސުންނަތުގެ ދުއާތަކާއި ބެހޭ މައުޟޫގެ އިތުރަށް، ކީރިތި ގުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *