ކޮވިޑާއެކު ފިތުނައިގެ ސުނާމީއެއް އުފެދިއްޖެ: ޔޫއެން

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

ކޮވިޑް19ގެ ބަލިމަޑުކަމާ އެކު، ގައުމުތަކުގެ މެދުގައި ފިތުނައިގެ ސުނާމީއެއް އުފެދިފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

ނަފްރަތާއި ނަސްލީ ތަފާތުކުރުންތައް ބޮޑުވެފެފައިވާ ކަމަށް ފާހަގަ ކުރައްވައި ގުޓަރޭޒް މިއަދު ދެއްވި ޚިތާބެއްގައި ވިދާޅުވީ ރެފިއުޖީންނާއި އެކި ގައުމުތަކަށް އަލަށް ވަޒަންވެރިވެފައިވާ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. ބަލި ފަތުރެނީ އެ މީހުން ކަމަށް ބުނެ، އެ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުން ދެކޮޅު ހަދަމުންދާ ކަމަށް ވެސް އދ. ސެކްރެޓަރީ ޖެނަރަލް ވިދާޅުވިއެވެ.

އެނާ ގޮވާލައްވާފައި ވަނީ ވައިރަހާ ގުޅިގެން އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު ނައްތާލުމުން ގައުމުތަކުގެ ލީޑަރުން އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުން ގައުމުތަކުގެ އިސްވެރިން ބާރުއަޅަންޖެހޭ ކަމަށެވެ.

“ފިތުނައިގެ ތޫފާން” އުފެދިފައި ވަނީ ކޮން ގައުމުތަކެއްކަން ފާހަގަ ނުކުރައްވައި ގުޓަރޭޒް ވިދާޅުވީ ކޮވިޑާ ގުޅިގެން މުސްލިމުންނާމެދު ވެސް ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.