ރާއްޖެ އައިސްފައިވާ މަނަވަރުން 750 މީހަކު ފުރާނެ: ހައިކޮމިޝަން

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ރާއްޖެ އައިސްފައިވާ އިންޑިއާ އަސްކަރިއްޔާގެ މަނަވަރު: ފޮޓޯ / ހައި ކޮމިޝަން

ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ މީހުން ބަލާ އައިސްފައިވާ އިންޑިޔާގެ އަސްކަރީ މަނަވަރު އައިއެންއެސް ޖަލަޝްވާ އިން 700 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

މިއީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށްޓަކައި ފުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލުންނެވެ. އިންޑިއާ ހައިކޮމިޝަނުން ވަނީ ފުރާ މީހުން ޓާމިނަލްއާ ހަމައަށް ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން އެމީހުން ޓާމިނަލްއާ ހަމައަށް ގެނެސްދެނީ ބަހުގައެވެ. އެމީހުންގެ އިމިގްރޭޝަން ކްލިއަރެންސް ހެދުމުގެ މަސައްކަތް ވެސް ދާނީ ޓާމިނަލް އިންނެވެ.

މި ހުރިހާ ފަރާތްތަކަކީވެސް އެނބުރި ގައުމަށް ދިޔުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ފަރާތްތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.