ނަޝީދު މަޓީ ދިފާއު ކުރައްވައިފި، ވިދާޅުވީ ވިޔަފާރިވެރިންނަކީ ތަރައްގީގެ ހިއްސާދާރުން ކަމަށް

ރައީސް މުހައްމަދު ނަޝީދު --

ޓްއަރިޒަމް ސިނާއަތުގެ ބޮޑެތި ވިޔަފާރިވެރިން ތަމްސީލް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ނެރުނު ބަޔާނަކާއި ގުޅިގެން ސަރުކާރުން އެކަމަށް ރައްދު ދިނުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޓީ ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

މަޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި، “ރިލީފް ޕެކޭޖް”ގެ ތެރެއިން ޓޫރިޒަމަށް ހާއްސަ ރިލީފް ޕެކޭޖް ކަނޑައެޅީ އެ ޖަމިއްޔާއާ މަޝްވަރާ ނުކޮށް ކަމަށެވެ.

ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރިލީފް ޕެކޭޖުތަކާއި ގުޅޭ ގޮތުން މަޓީއާ އެކުގައި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާ ކަމަށްބުނެ އެ ޖަމިއްޔާއިން ސަރުކާރަށް ފާޑު ކިޔައި އިއްޔެ ނެރެފައިވާ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން މަޓީއާ އަދިވެސް އެހެން ހެޔޮލަފާ ފަރާތްތަކުގެ އިރުޝާދު ބަލައިގަންނާނެ ކަމަށެވެ. ވިޔަފާރިވެރިންނަކީ ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އުފެއްދުންތެރިކަން ނިކުންނަނީ ވިޔަފާރިވެރިންނާއި އަދި ގުދުރަތީ ވަސީލަތްތައް އެކުވީމަ،" ނަޝީދު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1258634133762453505?s=20

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު މަޓީގެ ބަޔާނާއި ގުޅިގެން އިތުރަށް ވިދާޅުވީ އެކި ފަހަރު މަތިން މަޓީގެ ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ސަރުކާރުން ލިރީފް ޕެކޭޖު އެކުލަވާލުމުގެ ކުރިންވެސް މަޓީއާ އެކުގައި މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުގެ މަތިން ލޮކްޑައުންގެ ކުރިން ތިން ފަހަރެއްގެ މަތިން މަޝްވަރާ ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެހެން އެތައް ބައިވަރު ޖަމިއްޔާތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވި، އެބޭފުޅުންނާ މަޝްވަރާ ވެސް ކުރެވެނު. މި ރިލީފް ޕެކޭޖު ނެރޭ ވާހަކަ، އަޅުގަނޑުގެ މިނިސްޓްރީގައި ދެކެވުނު. މީގެ ތަފްސީލު ވެސް ހާމަކުރެވުނު. ހުރިހާ ބޭފުޅުން ފާހަގަކުރެއްވި މަދު ކަމަށް ވެސް.” މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މަޓީއާ އެކުގައި ކުރިޔަށްދިޔަ ބައްދަލުވުންތަކުގައި  8000 ރުފިޔާ ނުވަތަ 10،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މުވައްޒަފުންގެ މުސާރަ އެއްގޮތަކަށް ވެސް ނުކަނޑާ، އޭގެ މަތިން ބައެއް މީހުންގެ މުސާރަ ކެނޑުމަށްފަހު އޭޕްރީލް މަހުގައި އެއްވެސް މީހެއްގެ މުސާރަ ނުކަނޑާ ގޮތަށް ރިސޯޓުތަކުގެ ދެ ކުއާޓާގެ ކުލި ފަސްކޮށްދިނުމަށް ވެސް މަޓީން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށެވެ.

ނަމަވެސް ސަރުކާރުން އޭގެ ބަދަލުގައި ހުށަހެޅީ އެއް ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށާއި މަޓީގެ މެމްބަރުން އެކަމަށް އެއްބަސްވާނެ ކަމަށް އެ ޖަމިއްޔާއިން ބުނުމުން ރަސްމީ ސިޓީއެއް ފޮނުއްވެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދެން މަޓީން އެދުނީ މުސާރަ ކުޑަކުރާ މީހުން ވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް ވެސް ސަރުކާރުގެ އެހީގެ ޕެކޭޖުން ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް އެކަން ކުރެވެން ނެތްކަން މަޓީ އަށް އަންގާފައިވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

1 thought on “ނަޝީދު މަޓީ ދިފާއު ކުރައްވައިފި، ވިދާޅުވީ ވިޔަފާރިވެރިންނަކީ ތަރައްގީގެ ހިއްސާދާރުން ކަމަށް

  1. Dear MATI you’re being to do business in Maldives because of the government. Regardless of the monthly rent or whatever you pay to the government, you MUST agree the terms and conditions of the government…but rather you are trying not to spend anything from your company and asking the government to pay for the staffs as well as your rent..sorry but the government will not let that happen..

Leave a Reply

Your email address will not be published. Required fields are marked *