ކޮވިޑް19 ޖެހިގެން ތިންވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހާއެވެ.

މަރުވީ، ކޭސް ނަންބަރު 81 އެވެ. އޭނާ އަކީ ފިރިހިނެކެވެ. އޭނާ އެޑްމިޓު ކުރީ މިިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ހާލު ދެރަވެ، އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރު ގުޅީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ، އެމްއެޗްއެފް ކްލަސްޓާއަށް ނިސްބަތްވާ މީހެކެވެ.

މިހާތަނަށް ރާއްޖެއިން މި މިހާއާ އެކު 83 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާއިރު 33 އަހަރުގެ ބަންގްލަދޭޝް މީހަކުވެސް ވަނި ނިޔާވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *