20،000 މަތީގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ސަރުކާރު މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއާ 25،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށެވެ.  އެހެންނަމަވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށުން މުސާރަ ދޭ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ 30 ޕަސެންޓު ކެނޑުމަށް ނިންމާފައިވާ ކަމަށެވެ. އަދި 60،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ 35 ޕަސެންޓު މުސާރައިން ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މީގެކުރިންވެސް ޑެޕިއުޓީ މިނިސްޓަރުންނަށްވުރެ މަތިން މުސާރަ ލިބޭ ހުރިހާ ފަރާތްތަކެއްގެ މުސާރަތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ދައުލަތުގތެ މާލިއްޔަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައިވެސް އަންދާޒާ ކުރެވެނީ އިތުރަށް ހާލަތު ގޯސްވުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *