ހެރެތެރެ ކަރަންޓީނުން ފިލި އެންމެން ހޯދައިފި

ހެރެތެރެ ---

ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ފަސް މީހަކު ފިލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ ފަސް މީހުން ވެސް ހޯދައިފިއެވެ.

އިއްޔެ ފުލުހުން ބުނީ ހެރެތެރެ ކަރަންޓީނު ފެސިލީޓީގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު ފިލާފައިވާކަމުގެ މައުލޫމާތު އިއްޔެ އިރު އޮއްސުނު އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފިލާފައި ވަނީ ފަސް ދިވެހީންނެވެ.

އޭގެތެރެއިން ފުރަތަމަ ހޯދުނީ އެކަކެވެ. ފަހުން ތިން މީހަކު ހޯދިއެވެ. އެއީ ރޭގެ ވަގުތެއްގައެވެ. ބާކީ ހުރި މީހާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ބާކީ ހުރި މީހާ އަތުލައިގެންފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ކަރަންޓީން ކުރުމުގެ ބާރަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރެކެވެ. އެ އެންގުމަށް ދެކޮޅު ހަދައިފި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.