ހުއްދަ ނުހޯދާ ރަސްދޫ އަށް އެރި މީހަކު ހައްޔަރުކޮށްފި

އއ. ރަސްދޫ: ކޮވިޑް ކޭސް އެއް ފެނިގެން ރަސްދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައި --

ހުއްދަ ނުހޯދާ އއ. ރަސްދޫ އަށް އެރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސް ދޯންޏެއް ހުޅުމާލެ އަށް މަސް ކިރަން ދިއުމުން އެ މަސް ދޯނީގެ ފަޅުވެރިޔަކު ހުޅުމާލޭގައި ހުންނަ އެމީހާގެ އާއިލާ މީހުންގެ ގާތަށް ގޮސްފައިވާ ކަމަށެވެ. އަދި އެމީހާ އެނބުރި އައީ އެއް ރޭ އެ ގޭގައި ހުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ރަސްދޫ ޓާސްކް ފޯސްގެ ހުއްދަ ނެތި އަނބުރާ ރަސްދޫ އަށް އެމީހާ ގޮސްފައިވާ ކަމަށާއި އެހެންކަމުން ރޭ ދަންވަރުގެ ވަގުތެއްގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.