މެންބަރު ހިސާންގެ ބައްޕާފުޅު އަވަހާރަވެއްޖެ

ޝެއިހް ހުސައިން ޔޫސުފް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ---

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާ ހިސާން ހުސައިންގެ ބައްޕާފުޅު ޝެއިޚް ހުސައިން ޔޫސުފް އަވަހާރަވެއްޖެއެވެ.

ޝެއިހް ހުސައިން ޔޫސުފް އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންޑިއާގައެވެ. އެމަނިކުފާނަކީ ވެސް ކުރީގެ މަޖިލިސް މެންބަރެކެވެ. އެމަނިކުފާނު ވަނީ ބ. އަތޮޅުގެ ކުރީގެ މެންބަރުކަން ކުރައްވާފައެވެ.

މީގެއިތުރުން ހައިކޯޓުގެ ކުރީގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޝެއިހް ހުސައިން ޔޫސުފް ވަނީ ކުރީގެ ޖަސްޓިސް މިނިސްޓްރީގައިވެސް ގިނަ ދުވަސްތަކެއްގައި މަސައްކަތްޕުޅު ކުރައްވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *