ރިސޯޓެއްގައި ބިދޭސީއަކު މޫދަށް ވެއްޓި މަރުވެއްޖެ

ސޮނޭވަ ޖާނި: އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މޫދަށް ވެއްޓި މަރުވެފައި އޮއްވާ ވަނީ ފެނިފައި

ރިސޯޓެއްގެ މޫދު ކޮޓަރިއެއްގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީގައި ކަމަށެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނުނީ މިރޭ އިރާކޮޅުއެވެ. ފުލުހުންނަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިއްޔެ ވެސް ވަނީ ބިދޭސީއަކު ރިސޯޓެއްގައި މަރުވެފައެވެ. އިއްޔެ ބިދޭސީއަކު މަރުވީ ކަނބާލި ފަރު ރިސޯޓުގައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސް ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން އިއްޔެ ވަނީ ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *