ކަރަންޓީނުން ފިލި މީހުންގެ ތެރެއިން ތިން މީހަކު ހޯދައިފި

ކުރީގެ ހެރެތެރެ އަދި މިހާރުގެ ކެނެރީފް ރިސޯޓު ---

ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ފަސް މީހަކު ފިލުމާއި ގުޅިގެން އެތަނުން ތިން މީހަކު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، ހެރެތެރެ ކަރަންޓީނު ފެސިލީޓީގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު ފިލާފައިވާކަމުގެ މައުލޫމާތު މިއަދު އިރު އޮއްސުނު އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފިލާފައި ވަނީ ފަސް ދިވެހީންނެވެ.

ކުރިން ފުލުހުން ބުނެފައިވަނީ ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ފިލި ފަސް މީހުންގެ ތެރެއިން ތިން މީހުން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ނުފެންނަނީ އެންމެ މީހެކެވެ.

ކަރަންޓީން ކުރުމުގެ ބާރަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރެކެވެ. އެ އެންގުމަށް ދެކޮޅު ހަދައިފި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *