ހެރެތެރޭގައި ކަރަންޓީން ކުރި ފަސް މީހަކު ފިލައިފި

ހެރެތެރެ ---

ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ފަސް މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ، ހެރެތެރެ ކަރަންޓީނު ފެސިލީޓީގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު ފިލާފައިވާކަމުގެ މައުލޫމާތު މިއަދު އިރު އޮއްސުނު އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފިލާފައި ވަނީ ފަސް ދިވެހީންނެވެ. އޭގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކަރަންޓީން ކުރުމުގެ ބާރަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރެކެވެ. އެ އެންގުމަށް ދެކޮޅު ހަދައިފި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *