ބާޒާރު ސަަރަހައްދަށް ކޮންމެ ދުވަހަކު ތިލަވާ މަޑިތަކެއް!

މަސް މާރުކޭޓް ސަރަހައްދު ބޭރު ތޮށި ކައިރިއަށް މަޑިތަކެއް ޖަމާވެފައި-- ފޮޓޯ/ ޓްވިޓަރ

މާލޭ މަސް މާރުކޭޓުން މަސް ކެނޑުމަށްފަހު، ކަރުގޮހޮރުތައް އަޅަނީ އެ ސަރަހައްދު ތޮށިމަތިން ކަނޑަށެވެ. އެކަން ކުރަނީ އިރުއޮއްސޭ ވަގަތުގައެވެ. އެކި ޓައްޕުތަކުގައި ފުރާ ގޮހޮރު އެ ސަރަހައްދަށް އަޅާލައެވެ. އެކަން ކުރާތާ ލައްކަ ޒަމާންވެއްޖެއެވެ. ކޮންމެ ދުވަހު އެކަން ކުރާތީ، އެ ސަރަހައްދަށް މަޑިތަކެއް ތިލަވެއެވެ. ކަނޑުން ތިލަވެގެން އަންނަ މަޑިތައް އެ ސަރަހައްދަށް ޖަމާވަނީ ވެސް އިރުއޮއްސޭ ވަގުތުގައެވެ.

ކޮވިޑް19 ނުރައްކަލާ ގުޅިގެން މާރުކޭޓް ބަންދުކޮށްފައިވާތީ، އެތަނަށް ކަރުގޮހޮރު އެޅުން ވަނީ ހުއްޓިފައެވެ. ނަމަވެސް ކޮންމެ ދުވަހު ވެސް މަޑިތައް އެތަނަށް ތިލަވެއެވެ. އެ މަޑިތައް އިންތިޒާރު ކުރަނީ އެތަނަށް ގޮހޮރު އަޅާނެ ވަގުތަކަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެ ސަރަހައްދަށް ޖަމާވެފައިވާ މަޑިތަކުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ޓްވިޓާ މެދުވެރިކޮށް އެ ފޮޓޯ އާންމު ކުރީ ރައީސް އޮފީހުގެ ކުރީގެ ފޮޓޯގްރާފަރު މައުރޫފް ޚަލީލު (މާޕު)އެވެ. އޭނާ އެ ފޮޓޯ ޓުވީޓު ކުރަމުން ބުނެފައި ވަނީ އެ އެއްޗެއްސަށް ކާން ނުލިބިގެން އެތަކެތި "ރޮއިހޭރޭ" ކަމަށެވެ.

ކޮވިޑާ ގުޅިގެން، މާލެ ހުއްޓުމަކަށް އައިސްފައިވާ ވަގުތު ކާން ނުލިބި ތިބި ކޮތަރުތަކަށް ފުލުހުން ދަނީ ކާންދެމުންނެވެ. އަދި ބުޅާތަކަށް ވެސް ފުލުހުންދަނީ ކާން ދެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *