ރައީސް އަމީންގެ ދަރިކަނބަލުން އަމީނާ އަވަހާރަވެއްޖެ

އަންނަބީލާ އަމީނާ މުހައްމަދު އަމީން: ފޮޓޯ / ޓްވީޓާ

ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެއެވެ.

އަމީނާ އަވަހާވަރަވީ މިއަދު ހެނދުނު މާލޭގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާ އަވަހާރަވީ މިފަހުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.

އަމީނާގެ ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް ވެސް ހިމެނިވަޑައިގަންނަވައެވެ.

އަމީނާ މުހައްމަދު އަމީންއަކީ ރައީސް އަމީން ދީދީ އާއި ފާތިމަތު ސައީދަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ނޯޓް: މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު، "ރައީސް އަމީންގެ އަނބިކަނބަލުން އަމީނާ އަހަވާރަވެއްޖެ" ކަމަށް ލިޔެވުނީ އޮޅުމަކުންނެވެ. ދަރިކަނބަލުންގެ ބަދަލުގައި އަނބިކަނބަލުން ލިޔެވުނީތީ ނިހާޔަތަށް މައާފަށް އެދެމެވެ. މިކަމާ ގުޅިގެން ކިޔުންތެރިންނަށް ދިމާވި ނުތަނަވަސްކަން އަޅުގަނޑުމެން ބަލައިގަނެ، ނިހާޔަތަށް މައާފަށް އެދެމެވެ.

Leave a Reply

Your email address will not be published. Required fields are marked *