އަނެއްކާވެސް ބިދޭސީއަކު މަރުވެއްޖެ، ކޮވިޑަށް ޓެސްޓު ކުރަނީ

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

މިއަދު ކަނބާލި ފަރުގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަނބާލިފަރު ރިސޯޓުން ބިދޭސީއަކު މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ގޮތްނޭނގޭ މަރެއް ނަމަ، ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށާއި މަރުވި މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރާނެ ކަމަށެވެ.

ކަނބާލި ފަރުގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނި އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރާއިރު މިއަދު ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައިވާ ބަންގްލަދޭޝް ރައްޔިތަކު މަރުވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ. ނަމަވެސް އެމީހަކީ “ކޮވިޑް ރިލޭޓެޑް ޕޭޝަންޓެއް” ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. ޑރ. ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ އެމީހާ އަށް ދިމާވި ކަމަކީ މީގެކުރިންވެސް ދިމާވެފައިވާ ކަމެއްގެ ގޮތުގައި ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. މަރުވި މީހާގެ ހަށިގަނޑުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ބަލިވުމުގެ ކުރިން ކޮވިޑް އަލާމާތްތަކެއް މިފަހުން ނަމަވެސް އޭނާގެ ކިބައިން ފެނުނުތޯ ބަލަމުން އަންނަ ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.