ރާއްޖެއިން އިތުރު 16 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 9 ދިވެއްސަކާއި 6 ބަންގްލަދޭޝް މީހަކާއި ލަންކާގެ ރައްޔިތަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި 16 މީހުންނާއި އެކު މިއަދު އެކަނިވެސް 22 މީހަކު ރާއްޖެއިން މިވަނީ ކޮވިޑް19 ޖެހިފައެވެ. ފަހުން ޕޮޒިޓިވްވި 16 މީހުންނާއި އެކު މުޅި ޖުމްލަ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 573 އަށް އަރާފައެވެ.
✳️ COVID-19 Case Updates
As of 9:15pm, confirmed an additional 16 cases of COVID-19 infection in Maldives.
Cases:
– 6 Bangladeshi
– 9 Maldivians
– 1 SrilankanTotal number of cases: 573
— Health Protection Agency (@HPA_MV) May 5, 2020
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.
މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ތަފްސީލް އަންނަނީ….